ހަމައެކަނި ފޮތެއް ނޫނެވެ. ނަމަވެސް ފޮތުގެ އިތުރުން ވީޑިއޯ އާއި އިތުރު އެހީ އެކުލެވޭ ކޯހެކެވެ. ކޮންމެ މީހަކަށްވެސް އަމިއްލައަށް ވެބްސައިޓެއް ހެދިދާނެ މަގު ދައްކައިދޭ ވަސީލަތެކެވެ.
ޕްރޮފެޝަނަލް ވެބްސައިޓެއް ހެދުމަކީ މިޒަމާނުގައި ފަސޭހަކަމެއް ނަމަވެސް އެދާއިރާގެ ޢިލްމު ލިބިގެންނޫނީ ކުރުން ރައްކާތެރިކަމެއް ނޫނެވެ. އެހެންކަމުން، މިފޮތް ވެގެންދާނީ ތިޔަބޭފުޅުންގެ ވެބްސައިޓް ހެދުމަށް މަގުފަހިކޮށްދޭ އަތްމަތީފޮތަކަށެވެ. އަދި ވީޑިއޯ ކޯހަކަށެވެ. މިފޮތުން ތިޔަބޭފުޅުންނަށް ފަސޭހަކަމާއެކު އަމިއްލަ ޕްރޮފެޝަނަލް ވެބްސައިޓެއް ހަދާނެގޮތް އެނގިގެންދާނެއެވެ.
إن شاء الله
މި ފޮތުން އަމިއްލައަށް ދިވެހި ވެބްސައިޓެއް ހަދާނެގޮތް ދަސްވާނެއެވެ. އަދި ފޮތް ގަތުމުން އިތުރު އެހީ ހޯދުމަށް ޚާއްޞަކުރެވިފައިވާ ފޯރަމަށް ވެސް ވަދެވޭނެއެވެ.
މީގެ އިތުރުން ވީޑިއޯ ޓިއުޓޯރިއަލް ވެސް ލިބިގެންދާނެއެވެ. إن شاء الله.